މީގެ ދެމަހެއްހާ ދުވަސްކުރިން ނުހަނު ކާމިޔާބުކަމާއެކު ނިންމާލި ގުދަން ސޭލަށް ޒިޔާރަތްކުރި ގިނަ ފަރާތްތަކުން އެފަދަ ދެވަނަ ސޭލެއް ފެނިދާނެތޯ ކުރި ސުވާލުގެ ޖަވާބު މިއޮތީ ލިބިފައެވެ. އަލިފް ގޯޑައުން ސޭލް، (އަލިފް ގުދަން ސޭލް) މިދިޔަ ފަހަރުގެ ތަޖުރިބާއަށް ވުރެ އިތުރު ފުރިހަމަ ތަޖުރިބާއަކަށް ވާނެކަން ޔަގީނެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހު ގޭތެރެއަށް ބޭނުންވާ ސާމާނު އާކޮށްލުމަށް ބޮޑު ހަރަދުތަކެއް ހިނގާނެ ކަމަށް ކަންބޮޑު ވަނީ ތޯއެވެ. މިއޮތީ އެއްވަނައިގެ ހައްލެކެވެ

އަލިފް ގޯ ޑައުން، ނުވަތަ ގުދަން ސޭލް އެއޮތީ ހުޅުވާލާފައެވެ. ހަމަ ހާއްސަކޮށް ރޯދަ ސޭލްއަކަށް ވާތީ ޖީބަށް ނުހަނު ލުއިވާނެހެން މުދާތައް ހުރީ ހެޔޮއަގުގައި ލިބޭ ގޮތަށެވެ.

މި ފެބްރުއަރީ މަހު ދެވަނަ ދުވަހު ހުޅުވި "އަލިފް ގޯ ޑައުން" ސޭލްގައި ރޯދަ މަހަށް އެންމެ ހާއްސަ ބަދިގޭ ސާމާނު ލިބެން އެހެރީ އެންމެ އިތުބާރު ހިފޭ މޮޅު ބްރޭންޑްތަކުންނެވެ. ބަދިގެއަށް ބޭނުންވާ ސާމާނުތަކުގެ ތެރެއިން އެކި ސައިޒުގެ ތެލިސެޓު، ތަތް ނުލަވާ ތަވާގެ އެކިސައިޒުތައް، ސުފުރާމަތީ ކާތަކެތި އަޅައި މަތި ބަންދުކުރެވޭފަދަ ތަށިސެޓުތަކާއި ރައިސްކުކަރު، ފެންކައްކާ ޖަގު، ބްލެންޑަރު، މިހެން ގޮސް ނަން ހުސްކޮށް މި ސޭލްއިން ނުހަނު ހެޔޮ އަގުގައި ލިބެން އެބަހުއްޓެވެ.

ގޭތެރޭގައި ހިފާގެންގުޅޭ ތަކެއްޗާއި އެހެނިހެންވެސް ސާމާނު ވެސް ވަރަށް ހެޔޮ އަގުގައި މި ސޭލްއިން ލިބެން އެބަހުުއްޓެވެ. އެނދާ ބެހޭ ސާމާނު، އެނދުގެ މިލަފޭލި، ބާލީހުއުރަތައް ވެސް ހަމަ އެހާ އަގުހެވެވެ. ސުކޫލު ކުދިންގެ ދަބަސްތަކާއި އެކި ތަފާތުބާވަތުގެ އެކިސާމާނު ނަންހުސްކޮށް ލިބެންހުންނާނެއެވެ.

އަންހެންބޭފުޅުންގެ ޒީނަތްތެރިވުމުގެ އެންމެ ހާއްސަ އެއް ބާވަތަކީ މީރު ވަސްދުވާ ބޮޑީސްޕްރޭ ތަކެވެ. ރޯދަމަހު ރޯދަޗާލޫ ވެލުމަށް، ހިތްހަމަ ޖައްސާލަން ރޭގަނޑު ތަރާވީސްގަޑީގައި ޒީނަތްތެރިވެލުމަށް، މީރުވަސް ދުވާ ބޮޑީސްޕްރޭތައްވެސް އާންމުދުވަހެއްގައި އާދައިގެ ފިހާރައަކުން ނުލިބޭނެފަދަ ހެޔޮއަގެއްގައި މިސޭލް އިން ލިބޭނެއެެވެ.

މި ސޭލްއަށް ޒިޔާރަތްކުރި ބައެއް ކަސްޓަމަރުންގެ ހިޔާލު ހޯދީ ބާޒާރުގައި އެހެނިހެން ފިހާރަތަކުގެ އަގުތަކާ އަޅާކިޔާލުމުގެ ބޭނުމުގައެވެ.

"އަސްލު އަގު ހަމަ ހެވޭ ބުނެވޭނީ، ދެން ބޮޑެތި ކުކަރު ބްލެންޑަރ ކަހަލަ ސާމާނު ވިހި ތިރީސް ރުފިޔާއަކަށް ނުލިބޭނެތާ. އެކަމަކު އެވެސް ފެންވަރު ރަނގަޅުވެފައި މޮޅުވީމަ، އެތަކެތީގެ ބާޒާރުމަތީގެ އަގުތަކާ އަޅާބަލާއިރު އަގު ބޮޑެއް ނޫން، ދެން ހުރި ތަށިތަކާއި ސަމުސާ ތެލިސެޓްފަދަ ތަކެތި، ހަމައެއްވަނަ އަގުވެސް އެހާ ހެޔޮ،" ކަސްޓަމަރަކު ކިޔައިދިނެވެ.

"ކުރީ ފަހަރަށްވުރެ ތިން ގުނަ ހަތަރުގުނަ މިފަހަރުގެ ގުދަން ސޭލް ވަރުގަދަ. ރޯދައަށް މިހާ ރަނގަޅު ފުރުސަތެއް ލިބުނީތީ ހަމަ އުފާކުރަން، ރަށަށް ގެންދަން ބޭނުންވާ ހުރިހާ ސާމާނު އެއްތަނަކުން މި ލައްވާލީ. އާންމުކޮށް މިކަހަލަ ސޭލަކުން ނުފެންނަ ކަހަލަ އަންނައުނުފަދަ ތަކެތިވެސް އެބަހުރި. ބުނެވޭނީ މީ ފިސާރި ހެޔޮއަގޭ. ފުރުސަތު ނަގާނުލާށޭ އެއްވެސް ފަރާތަކުން،" ރަށުގައި ތިބި އަނބިދަރިންނަށް ރޯދަސާމާނު ގަންނަން މާލެފައިބައިގެން އުޅޭ ކަމަށް ބުނި ފަރާތަކުން ބުނީ މިއީ ހަމަ ނަސީބުކަމުގައެވެ.

މިދިޔަ އަހަރުވެސް މިފަދަ ސޭލްއެއް ބާއްވާފައިވާއިރު އެ ސޭލްގެ ކާމިޔާބުކަމާއި އަދި އެތައް ބަޔަކު އެދިގެން ތިބި ކަމަކަށް ވާތީވެ މިފަހަރުވެސް ރޯދައަށް ހާއްސަަކޮށްގެން ހުޅުވި މި ސޭލްގައި މިދިޔަ ފަހަރަށްވުރެ ސާމާނު ގިނަވެފައި އަގުވެސް މިދދިޔަ ސޭލްއަށްވުރެ ހެޔޮކަން ފާހަގަކޮށްލެވެއެވެ. މިދިޔަ ފަހަރު ގުދަން ސޭލްއަށްވުރެ މިފަހަރުގެ ސޭލް ގެ ޖާގަ ތަނަވަސްވެފައި މުދާވެސް ގިނަކަން ފާހަގަކޮށްލެވެއެވެ. އަދި ސާމާނުތަކުގެ ކޮލިޓީއާ އެއްވަރަށް އަގުވެސް ހެޔޮކަން ތަކުރާރުކޮށް ފާހަގަކޮށްލަމެވެ.

ގުދަން ސޭލްގެ ކުރީފަހަރުގެ ކަސްޓަމަރުން ތިބީ އެފަދަ ދެވަނަ ސޭލެއް ހުޅުވާނީ ކޮން އިރަކުތޯ ބަލައި އިންތިޒާރުގައެވެ. އެ ފަރާތްތަކަށް މި އޮތީ ހަމަ ރަނުގެ ފުރުސަތެކެވެ. ހަމަމިއާއެކު ކުރީގެ ސޭލް ނިންމާލި ފަހުން ސޭލަށް ޒިޔާރަތްކުރި ފަރާތްތަށްވެސް ތިބީ މިފަދަ ސޭލެއް ހުޅުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ،

ކޮންމެއަކަސް އަނެއްކާވެސް އާ އަލިކަމަކާއެކު މިވަނީ ގުދަން ސޭލް ފަށާފައެވެ. އަވަހަށް ލަސްނުވެ ދަމާ ހިނގާށެވެ.

މިފަހަރުގެ ސޭލް އޮތީ ނިކަގަސް މަގު ފިހާރައިގައެވެ. ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.

އަވަހަށް ޒިޔާރަތް ކޮށްލައްވާށެވެ. ރޯދަމަސް ފެށެންދެން މި ސޭލް ކުރިއަށްދާނެއެވެ.