މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ "އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯސް 2" އިއްޔެ ފަށައިފިއެވެ.

ކޯސް ފެށުމުގެ ގޮތުން ފެބުރުވަރީ 10 ވަނަ ދުވަހު އެންސީއޯ އެކެޑަމީ، ކ.ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ ހުސައިން ޝާހިދުއެވެ.

އެމްއެންޑީއެފުން ބުނީ މި ކޯހުގައި، ރާއްޖޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ގިނަ ސްކޫލުތަކަކުން 33 ކެޑޭޓުން ބައިވެރިވެފައިވެފައިވާ ކަމަށެވެ. އަދި ތަމްރީނުގެ ބަައިތައް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދާ މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަަރަކާތްތެރިވަނީ އެފަރާތުގެ މުދައްރިބުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އެންސީއޯ އެކެޑަމީގެ ޑެޕިއުޓީ ޑައިރެކްޓަރ، ސާޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލްއާއި، އެންސީއޯ އެކެޑަމީގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް ޝަކީބް ޒުހައިރުއާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޓްރެއިނިންގ އެންޑް ކޯޑިނޭޝަން އޮފިސަރ، ސާޖަންޓް މޭޖަރ ޒުހައިރު ޙުސައިންއާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޑައިރެކްޓަރ އޮފް އެޑްމިން އެންޑް ލޮޖިސްޓިކްސް، މޭޖަރ ރިފާން އަލީ ވަހީދުއާއި، އެހެނިހެން އޮފިސަރުންނާއި ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.