ތިލަފުށި ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިއްކާ ނިމިއްޖެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވިދާޅުވެއްޖެއެެވެ.

އެޗްޑީސީން މިއަދު ވިދާޅުވީ ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިކަމަށެވެ. އަދި ޖުމްލަކޮށް 120 ހެކްޓަރު ހިއްކާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްގީއަށް އެ ކުންފުނިން ހިންގޭ މުހިއްމު މަޝްރޫއުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.