އިޒްރޭލުން ރަފާހުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑެން ވިދާޅުވީ ޣައްޒާގެ ދެކުނުގެ ސިޓީގައި ހިޔާވަހިކަން ހޯދާފައިވާ ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ހިމާޔަތް ކުރުމަށް އިޒްރާއީލުން 'އިތުބާރު ކުރެވޭ' މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ރަފާއަށް ވަނީ އިޒްރޭލުން ބޮޑެތި ވައިގެ ހަމަލާތަކެއް ދީފަ އެވެ. މިގޮތުންް ފަލަސްތީނުގައި މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރެއް ބީބީސީގެ ނޫސްވެެރިޔަކަށް މައުލޫމާތު ދެމުން ވިދާޅުވީ އެމީހުން ދިރިއުޅެން ޖެހިފައިވަނީ ބިރުވެރިކަެއްގެ ތެރޭގައި ކަމަށެވެ.

މިދިޔަ ހަފްތާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަފާއަށް ގްރައުންޑް އޮޕަރޭޝަން ފުޅާކުރުމަށް ސިފައިން ތައްޔާރުވުމަށް އަމުރު ކުރައްވާފައިވާކަން އިއުލާން ކުރައްވާފައެވެ. އޭނާ ވަނީ މިހަނގުރާމަ ކާމިޔާބު ނުވަނީސް ޣައްޒާއަށް ދެމުންދާ ހަމަލާތަށް ނުހުއްޓާނެ ކަމަށް ބުނެފައެވެ.