ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ފަށައިފައިވަނީ މިމަހު 12 ވަނަ ދުވަހުގައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ސަބްބޭސް ހެދުމަށް ބޭނުންވާ 2,400 ކިއުބިކް މީޓަރުގެ ވެލި އެކްސްކަވޭޓް ކުރުމާއި، 15,039 އަކަ މީޓަރުގެ ސަރަޙައްދެއްގެ ސަބްބޭސް ތައްޔާރު ކުރުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 3.49 މިލިއަން ރުފިޔާގެ ސަރުކާރުގެ މަޝްރޫއެކެވެ.