ގެމްބިޔާގެ މިނިވަންދުވަހުގެ މުނާސަބަތުއި އެޤައުމުގެ ރައީސް އަޑާމާ ބަރޯ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ގެމްބިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ގެމްބިޔާގެ ރައީސަށް ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތަކަށް އެދިވަޑައިގަންނަވައި، ގެމްބިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.