ގއ. ކޫއްޑުގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނާ ބައްދަލު ކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑޫ އަށް ދަތުރު ކުރެއްވުމަށް ނިންމަވައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން މަސްވެރިން ކިރި މަހަށް ފައިސާ ނުލިބޭ ކަމަށް ބުނެ މަސްވެރިން ދަނީ ކޫއްޑުގައި މުޒާހަރާ ކުރަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ކޫއްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނާ ބައްދަލު ކުރެއްވުމަށްޓަކައި ށ. އަތޮޅުން މިހާރު ދަތުރު ފައްޓަވާފައިވާ ކަމަށެވެ. މަސްވެރިންނަށް ނުދީ ހުރި 280 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އިހުތިޖާޖުގައި ބައިވެރިވި މަސްވެރިއަކު ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމަޔަށް މިފްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް މުސާރަ ނުދީ ބަހައްޓަން ސަރުކާރަށް ގޮވާލާ ކަމަށެވެ.