ދިވެހި ފުލުހުންގެ ތަރުޖަމާނަކަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އައްޔަން ކުރައްވައިފިއެވެ.

ޝިފާން މީގެ ކުރިން ހުންނެވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އައްޑޫ ޕޮލިސް އެކަޑަމީ) ގެ ވެރިއަކަށެވެ. އޭނާ ވަނީ ހެޑް އޮފް މާލެ އޭރިއާ 1 ( މާލޭ ސިޓީ ޕޮލިސް) ގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ޝިފާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ވެރިޔާގެ މަގާމުގެ އިތުރުން ފުލުހުންގެ ތަރުޖަމާނު ކަން ވެސް ކުރައްވައިފައެވެ.