ރާއްޖެ ސަރަހައްދުން ލަންކާގެ މަސްބޯޓެއް އަތުލައިގެންފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓް އަތުލައިގަތީ އައްޑޫ ސިޓީ ގަމުގެ 5 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.

އެ ބޯޓުގައި ފަސް ފަޅުވެރިން ތިބި ކަމަށާއި އެ އެންމެންނަކީ ވެސް ލަންކާ މީހުން ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ މަސްބޯޓު އެ ސަރަހައްދުގައި ހަރަކާތްތެރިވާކަމުގެ މައުލޫމާތާއެކު އެމްއެންޑީއެސް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ އެފްއައިސީ "ކާމިޔާބު" ހަރަކާތްތެރިވާން ފެށި ކަމަށެވެ.

އެ ބޯޓާ ބެހޭ މައުލޫމާތު ލިބުނީ މިއަދު 14:27 ހާއިރު ކަމަށާއި އެ ހަބަރު ކޯސްޓްގާޑަށް ދިނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ސ. މަރަދޫ ރަސްކުރި މަސްދޯނިން ކަމަށްވެސް އެމްއެންޑީއެފް އިންް މައުލޫމާތުދެ އެވެ.