ރައްޔިތުންގެ މަޖިލީހަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

ގަރާރު އިއްވަމުން ރޮޒެއިނާ ވިދާޅުވީ މަސްވެރިން ކުރާ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބުމަކީ މަސްވެރިންގެ ހައްގަކަށްވާތީ އާއި، ގައުމުގެ އިންތިސޯދާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މިފަދަ މުހިންމު ކަމެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާއި، މަސްވެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، މަސްވެރިންގެ އަގު ވަޒަންކޮށް، އެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރަގަޅު އާމްދަނީއާއި ނަގާ ހޯދުމަށް ސަރުކާރުން އެހީތެރިވެދިނުމަށް މަސްވެރިންނާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތީ ރޯދަ މަހަށް ވެފައި، ރާއްޖޭގެ އެތަކެއް އާއިލާތަކުގެ ކަންކަން ބިނާވެފައި ވަނީ މަސްވެރިންނަށް ލިބޭ އާމްދަނީގެ މައްޗަށް ކަމަށާއި، އެމީހުންނަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އާއިލާތައް ހާލުގައި ޖެހިފައިވާ ކަމަށްވެސްރޮޒައިނާ ވަނީ ވށެވެ.