މާލެއިން ދިޔަ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެނގިފައިވާ ގޮތުގައި ތިނަދުއިން ޕޮޒިޓިވްވެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޚާއްސަ ހުއްދައިގެ ދަށުން ފަސް ދުވަހަށް އެރަށަށް ދިޔަ ދެ މީހެކެވެ. އެއީ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފެކެވެ.

އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި އެރަށުން ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ.

ތިނަދޫގެ އިތުރުން މިހާރު މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކަކީ ހއ. މުރައިދޫ، އއ. ތޮއްޑޫ، ގއ. ދާންދޫ އަދި މ. ކޮޅުފުއްޓެވެ.