ކުޅިވަރުގެ ތަމްރީންތައް ހިންގާ އެކަޑަމީތަކަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ކުރިއަށް ގެންދާ ސީދާ ރައީސް ޖަވާބު ދެއްވާ ރައްޔިތުންގެ ސުވާލު ސެގްމެންޓުގައި. ލ. ފޮނަދޫ، ޝާރާޒް، މުހައްމަދު އަނަސް، ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ޝާނާޒް ގެ ސުވާލުގައި، ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ދިނުމާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ކުޅިވަރު ކުޅޭ ކުދިން ތަމްރީނު ކުރާ ތަންތަނާއި، އެކަަޑަމީތަކާއި ޖަމިއްޔާތަކަށް ސީއެސްއާރްގެ ދަށުން ނުދޭ މައްސަލައަށް އެޓެންޑް ކުރައްވާނެ ކަމަށެވެ.

އަދި އެކަމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާ މަޝްވަރާ ކުރައްވައިގެން ސީއެެސްއާރްގެ ގޮތުގައި ކޯޗުންނާއި އެކަޑަމީތަކަށް އެހީތެރިކަން ލިބޭނެ ފަދަ ގޮތްގޮތް ހޯދައިގެން ރަނގަޅު ސިޔާސަތުގެ ދަށުން އެކަޑަމީތަކަށް އެހީތެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގެ އެކި ކުންފުނިތަކުން އެކި ރަށްރަށުގައި މަސައްކަތް ކުރަމުންދާއިރުގައި ސީއެެސްއާރްގެ ގޮތުގައި ތިޔަބޭފުޅުން ފަދަ ކޯޗުންނާއި އެކަޑަމީތަކަށް އެހީތެރިކަން ލިބޭނެ ފަދަ ގޮތްގޮތް ހޯދާ ދިނުމަށް އަޅުގަނޑު ކުޅިވަރާއި ބެހޭ ވަޒީރު މެދުވެރިކޮށް އަދި އެސޯސިއޭޝަންތަކަށް ގޮތްގޮތް ހޯދާ ދިނުމަށް ކުންފުނިތަކާއި ވާހަކަ ދައްކައިގެން ރަނގަޅު ސިޔާސަތުތަކެއް ބައްޓަން ކުރުމުގެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވިއެވެ.