ރައްޔިތުން ހަވާލުކުރި ޒިންމާ ފުރިހަމަޔަށް އަދާކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ނުވަތަ ހަފްތާ 14ގެ މަސައްކަތް މިދިޔައީ އެންމެ ފަސޭހަ ގޮތަކަށް ނޫން ކަމަށެވެ.
އަދި މަޖިލިހުގެ ތެރެއިން ކަންކަން ފަސޭހަ ވާނެކަމަށް އުއްމީދު ނުކުރެއްވި ނަމަވެސް، ކަންކަން ހިގައިގެން ދިޔައީ ދުނިޔޭގެ އެއްވެސް ތާކު ކަންކަން ދާ ގޮތަކަށް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅިވިއެވެ.
ރައީސް ޑރ މުއިއްޒު ފާހަގަކުރެެއްވީ އެމަނިކުފާނު އަޒުލުކުރުމަށް ކުރެވިގެން ދިޔަ މަސައްކަތްތަކަށް ކަމަށް ބެލެވެއެވެ.
ރައީސް ވިދާޅުވީ ކަންތައްތައް އެހެންވިޔަސް، ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމުގެ ބާރު އޮތީ ރައްޔިތުންނަށްތ ކަމަށާއި އެ ބާރު ލިބެނީ އިންތިހާބުތަކުން ކަމަށެވެެ. އަދި އެމަނިކުފާނު އެކަން ފާހަގަކުރެއްވި ސަބަބަނީ އެތަކެއް ސީރިއަސް ބައިވަރު މަސައްކަތްތައް ކުރުމުގައި ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމުގައި ކުރަން ހުރި މަސައްކަތްތަކުގައި ވިސްނަން ޖެހޭ ވިސްނުމަކަށްވާތީ، މަޖިލިހަށް އިންތިހާބު ކުރުމަކީ ވިސްނަންޖެހޭ ކަމެއްކަމަށް ބުނެދެއްވުމުގެ ގޮތުން ކަމުގައި ރައީސް ވިދާޅުވި އެވެ.
"ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި، މިކުރާ މަސައްކަތް ކުރުމަށްޓަކާ އިތުރަށް ބޭނުންވާ ކަމެއްގެ ވާހަކަ މިއީ،"
ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 14 ހަފްތާތެރޭ ކަން ހިގައިދިޔަ ގޮތުން، ރައްޔިތުން އަމަލުކުރާންޖެހޭ ގޮތް މިހާރު ސާފުވާނެ ކަމަށެވެ.