ފުވައްމުލަކަށް ބޭނުންވާ ތަރައްގީ ގެނައުމަށް ކައުންސިލްގެ އެއްބާރުލުން ރައީސް އަށް ލިބޭނެ ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ފުވައްމުލައް ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައި ފުވައްމުލައް ސިޓީ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވީ ސިޔާސީ ކޯޅުމުގެ ތެރެއިން އެ ސިޓީއާއި ރައްޔިތުންނަށް ލިބެން އޮތް ކުރިއެރުމެއް ހުއްޓިގެން ދިޔުމަށް ބޭނުންނުވާކަމަށެވެ. އަދި ސަރުކާރުން ފުވައްމުލަކުގެ ރައްޔިތުންގެ ތަރައްޤީއަށް ކޮށްދެއްވާ ކޮންމެ ކަމެއްގައި ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
އިގްތިސާދީ މަޝްރޫއުތަކުގެ އިތުރުން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށާއި އަދި އެސިޓީގައި މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ އެހީ ސައުދީ ފަންޑު މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަން ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.