އިންޑޮނޭޝިޔާގެ އައު ރައީސް ޕްރަބޮވޯގެ ސްކޫލު އިންޓަވަލް ޕްރޮގަރާމަށް 7.7 ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް އެނާގެ ޓީމުން ބުނެފިއެވެ.

ޕްރަބޮވޯ ވަނީ އިންޑޮނޭޝިޔާގެ އައު ރައީސްކަމަށް މިދިޔަ ފެބްރުއަރީ 14ގައި އިންތިހާބުފައެވެ. އޭނާގެ ދައުރުގައި އެންމެ ފުރަތަމަ ކުރިއައް ގެންދެވޭނެ އެއް މަޝްރޫއު ގޮތުގައި އޭނާ ނިންމައިފައިވަނީ އިންޑޮނޭޝިޔާގައި ތައުލީމު ހާސިލު ކުރަމުން ގެންދާ 82.9 މިލިޔަން ދަރިވަރުންނަށް ހިލޭ އިންޓަވަލް ދިނުމެވެ. މި މަޝްރޫއަށް ފުރަތަމަ އަހަރު އެކަނިވެސް 7.7 ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް އޭނާގެ ޓީމުން ބުނެއެވެ. އަދި 2029ގައި މި މަޝްރޫއުގެ ފަހު މަރުހަލާގައި 28.7 ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް އޭނާގެ ޓީމުން ލަފާ ކުރެއެވެ.

މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި ދަރިވަރުންނަށް ފައިދާ ހުރި ކާނާ ފޯރުކޮށްދިނުމަށް ގައިގަޑަކަށް 64 ބިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ޕްރަބޮވޯގެ ޓީމުން ލަފާ ކުރެއެވެ. އަދި 2029ވަނަ އަހަރު މި މަޝްރޫއުގެ ފަހު މަރުހަލާތަކުގައި ކޮންމެ އަހަރަކު 6.7 މިލިޔަން ޓަނުގެ ހަނޑޫ ބޭނުންވާނެ ކަމަށްވެސް ލަފާ ކުރެވެއެވެ. އަދި 1.2 މިލިޔަން ޓަނުގެ ކުކުޅާއި، 5 ލައްކަ ޓަނުގެ ގެރިމަސް 1 މިލިޔަން ޓަނުގެ ކަނޑުމަސް އަދި 4 މިލިޔަން ކިލޯލީޓަރުގެ ކިރު ބޭނުންވާނެ ކަމަށް ލަފާ ކުރެވެއެވެ.