ބޭނުން ނުކުރާތާ އެތައް ދުވަހެއްވެ، މާލޭސަރަހައްދު އެކި މަގުތަކުގައި ގިނަވެފައި ހުރި އުޅަނދުތައް ނައްތާލުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ބޭނުން ނުކޮށް ގިނަ ދުވަސްވަންދެން ހުރި ފަންސާސް ހަ (56) އުޅަނދެއް ނައްތާލައިފިއެވެ.

މިކަން ހާމަކުރަމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ މިމަހުގެ 17 ވަނަ ދުވަހު މިނިސްޓްރީގެ އިސްނެގުމުގެ މަތިން ފެށި މަސައްކަތެއްކަމަށާއި މިއީ އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މިއީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ޕްރޮގްރާމް ގެ ތެރެއިން ފުރަތަމަ ބައިގައި ކުރިއަށް ގެންދަނީ މާލޭގެ އެކި ހިސާބުތަކުގައި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތެވެ.

އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް މި ޕްރޮގްރާމް ގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.