ރާއްޖޭގައި ދަނޑުވެރިކަމާ ގުޅޭ ކޯސްތައް ހިންގުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އާއި ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އެ ވުޒާރާގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އާއިޝަތު ރަމީލާ އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސްޗާންސެލަރ ޑރ. އަލީ ޒާހިރެވެ.

މި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާނެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ކޯސްތައް އެމްކިއުއޭ ގަބޫލުކުރާ ފެންވަރަށް ދެ އިދާރާ ގުޅިގެން ފަރުމާކޮށް ހިންގަން ފެށުން ހިމެނެއެވެ. އަދި މި ދެ އިދާރާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގައި ދެ އިދާރާގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަން ދެފަރާތުން އެއްވަރަކަށް ހިއްސާ ކުރުމާއި، ދަނޑުވެރިކަން ވިޔަފާރީގެ(އެގްރި-ބިޒްނަސް) ގޮތުގައި ކިޔަވައިދޭނެ މަގުތައް ފަހިކުރުން ހިމެނެއެވެ.

މި އެމްއޯޔޫގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން ތިން އަހަރެެވެ.