މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަަތަކާ ގުޅިގެން ރަޝިޔާއިން އެމެރިކާ ކުށްވެރިކޮށްފިއެވެ.
މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން އުފެދިފައިވަނީ އެމެރިކާއިން އެ ސަރަހައްދުތައް ހިފުމަށް ކުރަމުން އަންނަ މަސައްކަތް ތަކުގެ ސަބަބުން ކަމަށް ރަޗިޔާގެ ސެކިިއުރެޓީ ކައުންސިލް ޗެއާމަން ޑިމިޓްރީ މެޑްވެޑެވް ވިދާޅުވެއްޖެއެވެ.
މެޑްވެޑެވް މިހެން ވިދާޅުވީ ރަޝިޔާގެ މީޑިއާތަކަށް އޭނާ ދެއްވި އިންޓަވިއު އެއްގައެވެ. މި އިންޓަވިއުގައި އޭނާ ވިދާޅުވީ އެމެރިކާއިން މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުން ހުއްޓުވަން ބޭނުންނަމަ މިހާރު ހުއްޓުވޭނެ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ދަނީ ގައްޒާގައި ހިނގަމުންދަ ހަނގުރާމަ ހުއްޓުވުމާއި ދެކޮޅަށް ވީޓޯކުރަމުންނެވެ. އޭނާ ވިދާޅުވީ 1947 ވަނައަހަރުގެ އަރަބި އަދި ޔަހޫދީ ސްޓޭޓްގާއިމު ކުރުމުގެ އދގެ ރެސޮލިއުޝަން ހުއްޓުވަމުން އަންނަނީ އެމެރިކާއިން ކަމަށެވެ.
އޭނާ ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުން އަންނަ ގިނަ ކަންކަން ލީޑް ކުރަނީ އެމެރިކާއިން ކަމަށާއި އިޒްރޭލުން ކިތަންމެ ވަރަކަށް މިނިވަން ނިންމުންތަށް ނިންމާ ކަމަށް ދެއްކުނަސް ކަންއޮޮތީ އެހެނެއް ނޫން ކަމަށެވެ. މީގެއިތުރުން ޑެމެވްޑެވް ވިދާޅުވީ މިހުރިހާ ކަމެއްގެ އަސްލަކީ ސޯވިއެޓް ޔޫނިއަން ދުނިޔޭގެ ޗާޓުން ހުސްކުރި ބައި އެމެރިކާއިން ހިފަން މަސައްކަތް ކުރުން ކަމަށެވެެ. ނަމަވެސް މިއަދު މިފެންނަ ހަނގުރާމަ އަކީ އެކަމުގެ ނަތީޖާ ަކަމަށެވެ.