ގެދޮވެރިކަމާއި ގުޅުން ހުރި އެޕްލިކޭޝަންތަކާއި ލޯނު ތަކަށް ހުށަހެޅުމަށް ބޯހިޔާވަހިކަމުގެ ޕޯޓަލް "ހިޔާވެހި" ލޯޯންޗުކޮށްފިއެވެ.

މިއީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގު ޗާޓުގައި ހިމެނިފައިވާ ކަމެކެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހް ކޮށްދެއްވީ ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހްމަދާއި އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމެވެ.

ގެދޮރުވިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވި، ހިޔާވެހި ޕޯޓަލްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމާއި ގުޅުންހުރި ހުރިހާ ކަންކަމަށް އޮންލައިން ޒަރީއާއިން ހުށަހެޅުމަށް ފަރުމާކުރެވިފައިވާ ޕޯޓަލްއެއް ކަމަށެވެ.

މިޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ސްކީމްތަކަށް ހުށަހެޅުމުން، އެޕްލިކޭޝަން ދަރަޖަ ކުރެވޭނެއެވެ. އަދި ރާއްޖޭގައި، ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، ރަޖިސްޓްރީކުރުމާއި އެފަރާތްތަކުގެ މައުލޫމާތު ރައްކާކުރުމުގެ އިތުރުން، ހައުސިންގ އާއި ގުޅޭ "ހައުސިންގ ނީޑްސް އެސެސްމަންޓް" ކައުންސިލްތަކާއި ގުޅިގެން ހެދުމުގެ މަސައްކަތް މި ޕޯޓަލް މެދުވެރިކޮށް ކުރެވިގެންދާނެކަމަށްވެސް އެ ވުޒާރައިން ހާމަކުރިއެވެ.

މި ޕޯޓަލް ބޭނުން ކުރެވޭނީ އީފާސް މެދުވެރިކޮށެވެ.