ވިލިމާލެ ކައިރިން ކަނޑުމަތީގައި ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި 13 މީހުންގެ ތެރެއިން ދެ މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެެވެ.

އައިޖިއެމްއެޗް އިން ހާމަކޮށްފައިވާ ގޮތުގައި ރޭގެ އެ ހާދިސާގައި އަނިޔާވި ހަތް މީހަކު ފަރުވާދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް މިހާރު ފަރުވާދެމުން އަންނަނީ ތިން މީހަކަށް ކަމަށެވެ.

އޭގެ ތެރެއިން ދެ މީހުންގެ ހާލަތު ސީރިއަސް ކަމަށާއި އެމީހުންނަށް ފަރުވާދެނީ އައިސީޔޫގައި ކަމަަށް ވަނީ ބުނެފައެވެ.

އަދި އަނެއް މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާއަށް ފަރުވާދެނީ ވޯޑުގައި ބާއްވައިގެން ކަމަށް ވެސް ބުނެފައި ވެއެވެ.