ބުރުނާއީ ދާރުއްސަލާމްގެ 40 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރަސްގެފާނު ސުލްޠާން ހާޖީ ހަސަނުލް ބުލްކިއާ މުއިއްޒައްދީން ވަދާއުﷲ އަށް، ‌‏ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.‏

ރައީސްގެ މެސެޖުގައި ދިވެހިރާއްޖެއާއި ބްރޫނާއީއާ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ އަހުވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، މި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގެންފައިވެއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ބްރޫނާއީ ދާރުއްސަލާމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.