އިމާމުގެ ވަޒީފާއަކީ ނަބީބޭކަލުންގެ ޙަޔާތްޕުޅުން އިސްލާމީ އުންމަތަށް ފެންނަން އޮތް ވަރަށް މަތިވެރި އަދި ޝަރަފްވެރި ވަޒީފާއެއްކަަމަށާއި އިސްލާމް ދީނުގައިވާ މާތް އަޅުކަމަކީ ޖަމާޢަތުގައި ކުރެވޭ އަޅުކަމަށާއި އެ ޖާމާޢަތުގެ ވެރިއާ ކުރައްވަނީ މަތިވެރި އަޅުކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިމާމުންގެ އަހަރީ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިމާމުންނަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ސަޙްސިއްޔަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރައްވައި ބައެއް ކަމަށާއި އަދި ދިވެހިރާއްޖޭގެ އިމާމުކަން ކުރާނެ ޙަތީބުންނާއި އިމާމުން ތަމްރީނުކުރުމުގައި ޤައުމީ މުހިންމު މަސައްކަތްތަކެއް މުސްތަޤްބަލުގައި ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އިމާމުންނަށްއ ވަޒީފާ އަދާ ކުރައްވައި ފަރާތްތަކަށް ލިބޭ މުސާރައަކީ މުހިންމު އެއްޗެއް ކަމަށާއި އެހެން ނަމަވެސް އަޅުގަނޑުމެން ހިތުގައި އިމާމުކަމަށް އޮތް އެންމެ އިސް މަޤާމަކަށް ވާންޖެހޭނީ މާތް ﷲ ދެކެ ލޯބިވެވޮޑިގަންނަވައި، އެ މަތިވެރި މަޤާމު އަދާ ކުރުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ޤައުމު މިވަގުތު މާލީ ދަތި ޙާލަތެެއްނަމަވެސް ލިބެންހުރި ވަސީލަތްތަކާއި ވުޒާރާގެ މުވައްޒަފުންގެ ފުރިހަމަ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގިނަ ހަރަކާތްތަކެއް ވުޒާރާއިން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަޢުލޫމާތު:https://islamicaffairs.gov.mv/22919