ލ. ގަމު މަތިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ދެންމެ ބުނީ، ލ. ގަމު މަތިމަރަދޫ ފޮއްތޭ ހަޓް، އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރުހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓް މެންދުރު 12:15 ހާއިރު ލިބުނު ކަމަށެވެ.

“މީހާ، ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރ ފުލުހުންނަށް މައުލޫމާތު ދީފައިވޭ” ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، އެއީ 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.