އިހަވަންދޫ ސިއްޙީ މަރުކަޒުން ޑައެލެސިސްގެ ހިދުމަތް ދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޤައުމު ތަރައްޤީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ވަރަށް މުހިއްމު ދަޢުރެއް އަދާކުރައްވާބައެއް ކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަޖިލީހުގައި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ގެންދިއުމަށް ބޭނުންވާ ބަޔަކު ތިބުން ވަރަށް ބޮޑަށް ބޭނުންވެލައްވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މަޖިހަށް މީހުން އިންތިހާބުކުރުމުގައި އޮތީ ދެ ޗޮއިސް އެކެވެ.

އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު އިހަވަންދޫ ރައްޔިތުންނަށް ވެ ވަޑައިގެންނެވި ހުރިހާ ވަޢުދެއްވެސް ފުއްދަވައި ދެއްވާނެ ކަމަށެވެ.

އިހަންވަންދޫ އަކީ ޑައިލިސިސް ހަދަން ބޭނުންވާ ވަރަށް ގިނަ ބަޔަކު ދިރިއުޅެމުންދާ ރަށަކަށް ވާތީވެ، ރަނގަޅު ހޮސްޕިޓަލެއް އިމާރާތް ކުރެވެންދެން ވެސް މިހާރު ހުރި ސިއްހީމަރުކަޒުގެ ތެރެއިންވެސް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.