ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތުގެ 84 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނިން ބުނިގޮތުގައި އެ ނެރު ފުންކުރުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިއެވެ.އަދި، މަސައްކަތަށް ބޭނުންވާ ޖިއޯބޭގްގެ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައިވާ ކަމަށާއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ 58 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 79,100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 8,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 460 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 14.57 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.