އާޖެންޓީނާގެ ރައީސް ހާވިއާ މިލޭއީ, އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.

'ތިޔައީ މޮޅު ރައީސްއެއް، ކާމިޔާބު ލިބޭނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑު އުންމީދު ކުރަން އަނެއްކާވެސް ރައީސްގެ ގޮތުގައި ތިޔަބޭފުޅުން ފެންނާނެ ކަމަށް،' އެކްސް އަށް ޕޯސްޓްކުރި ވީޑިއޯއެއްގައި މިލޭއީ ޓްރަމްޕަށް ވިދާޅުވި އެވެ.

ވޮޝިންޓަންގައި ބޭއްވި ކޮންޒަވޭޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސްގައި ވާހަކަ ދެއްކުމުގެ ކުރިން މިލޭއީ އެމެރިކާގެ ކުރީގެ ރައީސްއާ ބައްދަލުކުރެއްވި އެވެ. އާޖެންޓީނާގެ ރައީސް ތަގުރީރު ޚާއްސަކުރެއްވީ ސޯޝަލިޒަމް އާއި އިގްތިސާދަށް ސަރުކާރުން ވަދެގަތުމަށް ފާޑުކިޔުމަށެވެ.

ޓްރަމްޕް ވިދާޅުވީ މިލޭ އަކީ 'އަނެއްކާވެސް އާޖެންޓީނާ ކާމިޔާބު ގގައުމަކަށް ހަދައިދޭނެ' ރައީސެއް ކަމަށެވެ.

ޑިސެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި މިލޭ ވަނީ އެމެރިކާ އާއި އިޒްރޭލު އެގައުމުގެ އިސްކަންދޭ އެކުވެރިންގެ ގޮތުގައި ހަދާފައެވެ.