ހއ. ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ކެލާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކެލަޔަށް ވަޑައިގަތުމުން ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ވައުދުގެ މަތީގައި ދެމިހުންނެވި ކަމަށެވެ. އެގޮތުން އީސް މިއަދު ވަނީ ކެލާ ފަޅުގައި ރިސޯޓެއް ތަރައްގީ ކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ކެލާގައި ދަނޑުވެރިކަން ފުޅާ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދެއްވުމަށް މަޝްރޫއުއެއް ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.