އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ޣައްޒާގެ އެކިސަރަހައްދުތަކަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 30،000 އާ ގާތްވެފައިވާއިރު، 70،000 އަށްވުރެގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޓެލެގްރާމް ޗެނަލުން ރިޕޯޓްކޮށްފި އެވެ.

މިރިޕޯޓުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ޝަހީދުވި މީހުންގެ އަދަދު ވަނީ 29,782 އަށް އަރާފައެވެ. އަދި މިހަމަލާތަކުގައި 70,043 މީހުންނަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 90 މީހުން ވަނީ ޝަހިދުކޮށްލައިފައެވެ. އަދި 164 މީހުން ވަނީ ޒަހަމްވެފައެވެ.

ޝަހީދުވި މީހުންގެ 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.