އައްޑޫ ސިޓީގައި ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 6:51 ހާއިރު ކަމަށެވެ.

މިއީ އެސިޓީގެ ހިތަދޫ މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ކަންމަތީގައި ހިނގި އެކްސިޑެންޓެއް ކަަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި އެހެންނަމަވެސް އެކްސިޑެންޓުވި ދެކާރަަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ދެ ކާރު ދުއްވީ ލައިސަންސް އޮންނަ ދެ މީހުންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.