އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2024" ގެ އިވެންޓެއް އިމާދުއްދީން ސްކޫލުގައި ބާއްވައިފިއެވެ. މި އަހަރުގެ ފެބުރުވަރީ 25 އިން މާރިޗު 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2024" ގެ ދެވަނަ ޕްރޮގްރާމް ރޭ ކުރިއަށް ގެންގޮސްފައިވަނީ އިމާދުއްދީން ސްކޫލުގައެވެ.

މި ޕްރޮގްރާމްގައި އިމާދުއްދީން، ދަރުމަވަންތަ އަދި ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މައުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ.

މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.