އަލްޤާހިރާ އަލް އެޚްބަރިޔާ ޓީވީ ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސްރުގެ ވައިގެ ސިފައިން ވަނީ މަދުވެގެން 50 ޓަނުގެ އެކި ބާވަތުގެ އިންސާނީ އެހީ ޣައްޒާއަށް އެއަރލިފްޓްކޮށްފަ އެވެ.

އެ ޗެނަލުން ބުނާ ގޮތުގައި މިސްރުގެ މަތިންދާބޯޓުތަކުން ކާމިޔާބުކަމާއެކު ދިހަ ޓަނުގެ ކާބޯތަކެތި އުތުރު ޣައްޒާއަށް ފޯރުކޮށްދީފައި ވެއެވެ. އުތުރުގެ ސަރަހައްދުތަކުގެ އިތުރުން، އެންކްލޭވްގެ މެދުތެރޭގެ ބައިތަކަށް މަދުވެގެން 45 ޓަނުގެ އިންސާނީ އެހީ އެއާރ ޑްރޮޕް ކޮށްދީފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ޝަހީދުވި މީހުންގެ އަދަދު ވަނީ 29,782 އަށް އަރާފައެވެ. އަދި މިހަމަލާތަކުގައި 70,043 މީހުންނަށް ޒަޚަމްތަކެއް ލިބިފައިވެއެވެ.