މާދަމާ ހެނދުނު މާލޭއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.

އެގޮތުން ގަލޮޅުގެ ލޮނުޒިޔާރަތްމަގާއި، ބުރުޒުމަގު، ރެހެންދި ހިނގުން، ބޮޑުރަސްގެފާނު މަގު، ސިއްތިމާވާ ހިނގުން، ކޮއިމަލާ ހިނގުން އަދި އަމީނީ މަގު ހިމެނޭ ސަރަހައްދުން އެ ދުވަހުގެ ހެނދުނު 09:00 އިން 12:00 އަށް ކަރަންޓުގެ ޖިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމެއް ކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައިވެސް ވިލިމާލެއިން ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިިފައެވެ.

ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.