'ފަޔަރ ޕްރިވެންޝަން ވީކް' ފާހަގަ ކުރުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނުން، ލ.އިސްދޫގައި ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

މި ކުލާސްތަކުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތް ފަދަ މުހިންމު މައުލޫމާތުތައް ކިޔައިދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެެވެ.

މީގެއިތުރުން އެމްއެންޑީއެފުން ބުނީ މި ކުލާހުގައި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައި ދެވުނު ކަމަށެވެ.

މި ކުލާހުގައި މަޢުލޫމާތު ފޯރުކޮށްދިނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.

އިއްޔެ ލ.އިސްދޫގައި ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ރަށުގެ 35 ފަރާތެއް ބައިވެރިވިއެވެ.