ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާ ޚިދުމަތްތެރިއެއް ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީކ ފާއިތުވެދިޔަ ސަރުކާރުތަކުންވެސް ނުކުރެވުނު ކަރަންޓާއި ފެނުގެ އަގުބޮޑުވުމުގެ މައްސަލަ މިސަރުކާރުން ހައްލުކޮށްދެއްވައިފިކަން ފާހަގަކުރައްވައި އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ..

"ދިވެހީންގެރާއްޖޭގެ ތަފާތަކީ މިއީ. މިކަންކަމުން އެނގި ހާމަވެގެން މިދަނީ މި ސަރުކާރަކީ ރައްޔިތުންގެ އިޙުސާސްތައް ރަނގަޅަށް ދަންނަ، އަދި އެ ރައްޔިތުންނާއި މެދު އިޚުލާސްތެރި ސަރުކާރެއްކަން." އެކްސް ޕޯސްޓުގައި ފަހުމީ ވިދާޅުވެފައިވެއެވެ.

ފަހުމީ ވިދާޅުވީ ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަދި ޝަކުވާއަކަށް ވެގެންދިޔަ ކަރަންޓާއި ފެނުގެ ބިލު ބޮޑުވުމުގެ މައްސަލައަށް އަމިއްލައަށް އިސްނަންގަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޙައްލު ހޯއްދަވައިދެއްވިކަމީ އެމަނިކުފާނުގެ އޯގާތެރިކަމާއި، ރައްޔިތުންގެ ޝުޢޫރަށް އިޚުތިރާމް ކުރައްވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.

"ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާ ޚިދުމަތްތެރިއެއް. ރައީސްގެ މި ހަރުދަނާ ވިސްނުންފުޅުތަކާއި އެކު ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދެމުން އަންނަ ރަށްތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ޗާޖް އަންނަ މަހުން ފެށިގެން ނެގުން ހުއްޓާލެވޭނެ. ރައްޔިތުންގެ ލާބައަށް އެމަނިކުފާނު މި ނިންމެވި ނިންމުން އަޅުގަނޑުމެން ތަންފީޒުކުރާނީ އުފަލާއި އިޚުލާސްތެރިކަމާއިއެކު." ފަހުމީ އެކްސްޕޯސްޓުގައި ޕޯސްޓުގައި ވިދާޅުވެފައެވެ.