ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާޅޮސްމަޑުލު އުތުރުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ޒިޔާރަތް ނިންމާލައްވާ މިރޭ މާލެ ވަޑައިގެންފިއެވެ.

ޑރ.މުއިއްޒު ވަނީ މިދަތުރުފުޅުގައި އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި އަދި 2 އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ވަނީ އެ ރަށްތަކާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި މެދު މަޝްވަރާކޮށް ރައްޔިތުންނަށް އެންމެ ބޭނުންވާ އަދި މުހިއްމު ކަންކަމާއި މެދު މަޝްވަރާ ކޮށްފައެވެ.

ރައީސުލްޖުމްހޫރރިއްޔާ ވަނީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މަދުވެގެން ދެފަހަރައް ޒިޔާަރަތް ކުރުމަށް އަޒުމު ކަނޑައަޅުއްވާފައެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދުވެސް އެމަނިކުފާނު ދަނީ މަޝްވަރާ ކުރައްވަމުންނެވެ.