އިޒްޜޭލުގެ ސިފައިން ޣައްޒާގެ އެކިސަރަހައްދުތަކަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 30،500 އާ ގާތްވެފައިވާއިރު، 72،000 އާގާތް ކުރާ އަދަދަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީއިން ރިޕޯޓުކޮށްފިއެވެ.

މިރިޕޯޓުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ޝަހީދުވި މީހުންގެ އަދަދު ވަނީ 30,534 އަށް އަރާފައެވެ. އަދި މިހަމަލާތަކުގައި 71,920 މީހުންނަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 124 މީހުން ވަނީ ޝަހިދުކޮށްލައިފައެވެ. އަދި 210 މީހުން ވަނީ ޒަހަމްވެފައެވެ.

ޝަހީދުވި މީހުންގެ 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.