ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނާއި މެންދުރުގެ ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެ ހިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.

އެގޮތުން ހުޅުމާލެ، ހަނދުވަރީ ހިނގުން ގޯޅި 1 އަދި 2 ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 11:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމެއްކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހުޅުމާލެ، ރަބަރުގަސްމަގު ގޯޅި 7 ހިމެނޭ ސަރަހައްދުންވެސް މިއަދުގެ މެންދުރުފަހު 14:00 އިން 15:00އަށް ކަރަންޓުގެ ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

އަދި ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.