ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާ ކުރެއްވުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކުގެ ސަބަބުން މިދައުރުގައި ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނާނެ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އިބްރާހިމް ވަޖީހް ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް މިހެން ވިދާޅުވީ ވިލާ ނޯޓިކާ ރެޒޯޓުގައި މިއަދު ކުރިއަށް ގެންދިޔަ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޖީހް އަލިއަޅުވާލެއްވި މަޝްރޫއުތަކަކީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމާއި އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމަށް ރާވާފައިވާ ޓްރާންޝިޕްމަންޓް ޕޯޓް ފެސިލިޓީ އާއި ލ.ގާދޫގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިންގ ހިދުމަތުގެ މައްޗަށެވެ.

"މިދެންނެވި މަޝްރޫޢުތަކާއެކު ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނާނެ" ވަޖީހް ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދިޔަ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ބާއްވާފައި ވަނީ އިންޓަނޭޝަނަލް ޕޯޓްސް އެންޑް ހާބަރސް އާއ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އާއި މެލޭޝިޔާގެ ޖޮހޯރް ޕޯޓާއި ސްޕެއިނުގެ ޕޯޓް އޮފް ވެލެންސިޔާ ގުޅިގެންނެވެ.