އެމެެރިކާއިން ޗައިނާއާ މެދު ދެކެނީ ނުބައި ގޮތަކަށް ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔި ވިދާޅުވެއްޖެއެވެ.
ވަންގް މިހެން ވިދާޅުވެފައިވަނީ ބެއިޖިންގައި ބާއްވާ އަހަރީ ޕާލަމެންޓް ބައްދަލުވުމުގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަންގް ވިދާޅުވީ އެމެރިކާ އާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބޭއްވުމައްޓަކައި އެމެރިކާއިން ދެގައުމުގެ ދެމެދުވާ ތަފާތުތައް ބަލައިގަންނަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ވަންގް ވިދާޅުވީ އެމެރިކާއިން ޗައިނާއަށް ވެފައިވާ ވައުދުތައް ވެސް ފުއްދާފައެއް ނުވާ ކަމަށެވެ.
މީގެއިތުރުން ވަންގް ވިދާޅުވީ އެމެރިކާއިން ދަނީ ޗައިނާ ފިއްތާލުމައް އައު ގޮތްތައް ތައާރަފު ކުރަމުން ކަމަށެވެ. އަދި އެމެރިކާއިން ހަދާފައިވާ ޗައިނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރާ ކުށުގެ ލިސްޓުވެސް އާދަޔާހިލާފައް ދިގު ކަމަށް ވަންގް ވިދާޅުވިއެވެ.