ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ފިޔާގެ އަގު 17 ރުފިޔާއަށް ހެޔޮ ކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލިގެންދިޔައެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރުމުގެ ސަބަބުން، ފިޔާ ބަސްތާއެއް ވިއްކީ 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ކަންތައް މިހެން ދިމާވުމުން އެކަމަށް ހައްލެއް ހޯދުމަށް އެސްޓީއޯއިން ރާއްޖެއަށް ފިޔާ އެތެރެކޮށް، ކޮންޓްރޯލް އަގެއްގައި ވިއްކަން ފެށިއެވެ.

ކުރިން އެސްޓީއޯއިން ފިޔާ ވިއްކަމުން އައި އަގުތަކަށް ބަލާލާއިރު ފިޔާ ކިލޯއެއް 20 ރުފިޔާ އަށް ދިން އިރު ފިޔާ ބަސްތާއެއްގެ އަގަކީ 450 ރުފިޔާއެވެ. އަދި 5 ބަސްތާ ފިޔާ އެއްވަގުތަކުނަގާނަމަ ބަސްތާއެއް 400 ރުފިޔާ އަށެވެ.

އެސްޓީއޯއިން ފިޔާގެ އަގަށް ގެނައި ބަދަލަށް ބަލާލާއިރު ފިޔާ ކިލޯއެއް 17 ރުފިޔާއަށް އަދި ފިޔާ ބަސްތާއެއް 320 ރުފިޔާއަށް ދޭއިރު 10 ބަސްތާ ފިޔާ ބަސްތާއެއް 310ރ ގެ ރޭޓުން ލިބެން ހުންނާނެއެވެ.