ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ކަންކަން ތަންފީޒު ކުރައްވަނީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށް ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދާޚިލީ ވަޒީރު މިހެން ވިދާޅުވީ، މިހަފްތާގެ ހޭޔަނބޯ ޕްރޮގްރާމުގެ ޚައްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މިނިވަންކަމަށް ލޮޅުމެއް ނާންނަ މިންވަރަށް ދާޚިލީ ސަލާމަތާ ގުޅޭ ކަންކަން ބައްޓަންކުރައްވާނެ ކަމަށެވެ. ހޭޔަންބޯ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ އައު ސަރުކާރު އުފެދިގެން އައިއިރު ވަޒީރުކަން ކުރުމުގެ ފުރުޞަތު ލިބުމުން އެކަމަށް ނިކުންނެވީކަމަށެވެ.

މީގެއިތުރުން، ދަޚިލީ ސަލާމަތާއިގުޅޭ ކަންކަމަކީ ރާއްޖޭގައި އިސްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ގޮންޖެހުން ބޮޑު އެއް ދާއިރާއެއް ކަން ވެސް ވަޒީރު ވިދާޅުވިއެވެ. ކަމަށެވެ. އަދި މި ދާއިރާގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށާއި، އަވަސް ހައްލެއް ނުގެނެވިއްޖެނަމަ ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އައިސްދާނެފަދަ ކަންކަންވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.