ކުރިއަށް އޮތް ރަމަޟާން މަހު، ދުނިޔޭގައި ބިލިޔަނެއްހާ މުސްލިމުން ރޯދައަށް ހުންނާނެއެވެ.

މިގޮތުން އެކި ގައުމުތަކުގެ މީހުން ރޯދައަށް ހުންނަން ޖެހޭނީ އެކިއިރެވެ. ދުނިޔޭގެ އީކުއޭޓާއާ ދުރުގައި ތިބި ގައުމުތަކުން ގިނަ އިރު ރޯދައަށް ހުންނަން ޖެހޭއިރު، އީކުއޭޓާރ އާއި ކައީރީގައި ހުންނަ ގައުމުތަކުގައި ރޯދައަށް ހުންނަން ޖެހޭ ވަގުތު ކުރެވެ.

އެންމެ ގިނައިރު ރޯދައަށް ހުންނަން ޖެހޭ ގައުމުތައް:

މި ރަމަޟާން މަހު އެންމެ ގިނައިރު ރޯދައަށް ހުންނަން ޖެހޭނީ ފިންލޭންޑް، ގްރީންލޭންޑް އަދި އައިސް ލޭންޑްްގައި ދިރިއުޅޭ މުސްލިމުންނެވެ. އެމީޙުން ދުވާލަކު ގާތްގަޑަކަށް 17 ގަޑިއިރާއި 30 މިނެޓު ރޯދައަށް ހުންނަން ޖެހޭނެއެވެ. މި ތިންގައުމުގައި ޖުމްލަ ގޮތެއްގައި ދިރިއުުޅެނީ 143،000 މުސްލިމުންނެވެ.

އެންމެ ކުރުވަގުތު ކޮޅަކު ރޯދައަށް ހުންނަން ޖެހޭ ގައުމުތަށް:

މި ރަމަޝާން މަހު އެންމެ ކުރު ވަގުތު ކޮޅަކު ރޯދައަށް ހުންނަން ޖެހޭނީ ޗިލީގައި ދިރިއުޅެމުންދާ މުސްލިމުންނެވެ. އެއީ 12 ގަޑިއިރާއި 44 މިނެޓެވެ. މީގެއިތުރުން ނިއުޒިލޭންޑް، އާޖެންޓީނާ އަދި ސައުތް އެފްރިކާގެ މުސްލިމުން ވެސް ރޯދައަށް ހުންނާނީ 12 ގަޑިއިރާއި 13 ގަޑިއިރާ ދެމެދުގެ ވަގުތު ކޮޅަކަށެވެ. ދިވެހި ރާއްޖޭގެ ރައްޔިތުން ރޯދައަށް ހުންނަން ޖެހޭނީ 13 ގަޑިއިރާއި 14 ގަޑިއިރާއި ދެމެދުގެ ވަގުތު ކޮޅަކަށެވެ.

(މައުލޫމާތު:ދަ ނޭޝަނަލް ނިއުސް،)