އިޒްރޭލުންގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި 24 ގަޑިއިރު ތެރޭގައި ޣައްޒާގައި 78 މީހަކު ޝަހީދު ކޮށްލައިފި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިޒްރޭލުގެ އަނިޔާވެރި ޒަޔަނިސްޓު ސިފައިން ދަނީ ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާދެމުންނެވެ. މިގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 78 މީހުން ޝަހީދުކޮށް، 104 އަށް ވުރެގިނަ މީހުން ވަނީ ޒަހަމް ކޮށްލާފައެވެ. މިގޮތުން ޣައްޒާގެ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުންދާ ރެފިއުޖީ ކޭންޕް ތަކަށް ވެސް އިޒްރޭލުން ދަނީ ބޮން އަޅަަމުންނެވެ.

'އޮކްޓޯބަރު 7، 2023 އިން ފެށިގެން މިއަދާ ހަމައަށް ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 30,878 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ހަމަ މި މުއްދަތުގައި ފަލަސްތީނުގެ 72,402 އަށުވުރެގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެއެވެ.