އިޒްރޭލުން ޣައްޒާގެ ނުސެއިރާތަށް ހަމަލާދީ 13 އަންހެނުން ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލު ސިފައިން ޣައްޒާއަސް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ތިބި މަދުވެގެން 13 އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ. މީގެއިތުރުން އިޒްރޭލުން ވަނީ ރަފާހުގައި އާންމު މީހުން ދިރިއުޅެމުން ދިޔަ ޓަވަރެއް ހަލާކުކޮށްލައިފައެވެ. އަދި ޣައްޒާގެ އުތުރުގައި ތުއްތު ކުއްޖަކާއި ޒުވާން އަންހެނަކު ކާނާ ނުލިބުމުގެ ސަބަބުން ޝަހީދުވެއްޖެއްެވެ. މިއީ ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި 25 ވަނަ މީހާއެވެ.

.އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 30،960 ފަލަސްތީނު މީހުން މަރުވެ 72،524 މީހުން ޒަޚަމްވެފައިވެއެވެ. އަދި ޣައްޒާގެ ހެލްތު މިނިސްޓްރީއިން ބުނާ ގޮތުގައި މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ އަންހެނުންނެވެ.