ބޭނުންވާތަކެތި:

  • 4 އަލުވި ( ކައްކާ މޮޑެފައި ހުރި)
  • 1 ޖޯޑު ގްރީން ޕީސް( ފްރޯޒަން )
  • 3 ލޮނުމެދު ގާނާފައި
  • 1/2 ސައި ސަމުސާ މުގުރި މިރުސް
  • 1 ސައި ސަމުސާ މުގުރި ދިރި
  • 1 ސައި ސަމުސާ މުގުރި ކޮތަނބިރި
  • 1 ސައި ސަމުސާ ގަރަމް މަސާލާ
  • 1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 1/3 ސައިސަމުސާ މުގުރި ރީނދޫ
  • 1 ޗިކަންކިއުބް
  • 4/1 ފަޅި ގިތެޔޮމިރުސް ( ހިމުންކޮށް ކޮށާފައި)
  • 3 ފިޔާ ( ތުނި ތުނިކޮށް ކޮށާފައި)
  • 2 ހިކަނދިފަތް
  • ފުށްގަނޑަށް-2 ޖޯޑުބައި ފުށް، މޭޒުމަތީ ސަމުސާ ތެޔޮ، 2/1 ސައި ސަމުސާ ލޮނު
  • ތެޔޮ- ތެލުލާން
  • ލޮނުކޮޅެއް

ތައްޔާރު ކުރާނެގޮތް:

ފުށުގެ ތެރެއަށް ތެޔޮ ފޮދާއި ލޮނުކޮޅު އަޅައިގެން އާދައިގެ ފެނުން ރަނގަޅަށް މޮޑުމަށްފަހު މަތިބަންދު ކޮށް 30 މިނިޓް ވަންދެން ބަހައްޓާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދުމަށްފަހު ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، ލޮނުމެދު ހިކަނދިފަތް، ރީނދޫ ކޮޅެއް އަދިމިރުސް އެއްކޮށް އަޅާލާށެވެ. އަދި ފިޔާކޮޅު މޯޅިވީމާ އަސޭމިރުސް ،ދިރި ކޮތަނބިރި އަސޭމިރުސް މުގުރި މިރުސް ލޮނު، ގަރަމް މަސާލާ ކިއުބް ގްރީން ޕީސް އަލުވި އަދި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށްލާށެވެ. އެއަށްފަހު ރަހަ ހިފާވަރަށް މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ. ރަނގަޅަށް ރަހަ ހިފާވަރަށް ހަނާވީމާ އުދުންމަތިން ބާލާށެވެ.

ދެން ފުށްގަނޑުން ކުދިކުދިކޮށް ގުޅަ ހެދުމަށްފަހު ރޮށިހަދާލާފައި ހަނާކުރި އަލުވިކޮޅެއްލާފައި ބަޖިޔާ ތަތްގަނޑުން ބަޖިޔާހަދާލާށެވެ ނުވަތަ ތިނެސްކަނަށް ފަށްޖަހާފައި ފުށް ތެރަސްކޮލެއްލާފައި ރަނގަޅަށް ބައްދާލާފައި ބަހައްޓާށެވެ. އެއަށްފަހު ތަވާޔަށް ތެޔޮ އަޅާލާފައި ކެކިގަތުމުން ބަޖިޔާތައް ތެލުލާށެވެ.