އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އައްޑޫ ސިޓީ މަރަދޫ ސްކޫލާ ގުޅިގެން އެ ސްކޫލުގެ ކަބްސްކައުޓް ދަރިވަރުންނަށް ސްވިމިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފެބުރުވަރީ 4 އިން 28 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ މަރަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަރަދޫ ސްކޫލުގެ 44 ކަބްސްކައުޓުން ބައިވެރިވިއެވެ. އަދި، މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން ވަނީ 25 މީޓަރ، 50 މީޓަރ، 100 މީޓަރ، 200 މީޓަރ، އަދި 400 މީޓަރ ކެޓަގަރީގައި ފަތާފައެވެ.

މި ކެޓަގަރީތަކުން ފާސްވި ދަރިވަރުންނަށް، ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މާރިޗު 7 ވަނަ ދުވަހު މަރަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުހައްމަދު ޖަމްޝާދެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.