ޣައްޒާގެ ހޮސްޕިޓަލްތަކުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 27 އަށް އަރާފައިވާ ކަމަށް އަލްޖަޒީރާ ޓީވީން ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާއިން ބުނާ ގޮތުގައި ކަމާލް އަދުވާން ހޮސްޕިޓަލުގައި މަރުވި ދެ ކުދިންނަކީ އެންމެ ފަހުން ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށް ވެފައިވާ ކުދިންނެވެ.

މީގެ ކުރިން , ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) މައުލޫމާތުދިން ގޮތުގައި ޣައްޒާގެ %15 އަށް ވުރެ ގިނަ ކުދިންނަކީ ކާބޯތަކެތި ނުލިބޭ ކުދިންނެވެ. ޑަބްލިޔުއެޗްއޯއިން އިތުރަށް ބުނީ މީގެ ކުރިން ޣައްޒާގެ އާބާދީގެ ނިއުޓްރިޝަނަލް ސްޓޭޓަސް ދަށްވުމަކީ ނުފެންނަ ކަމެއް ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 31,045 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، މީގެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ.