އެމެރިކާއިން 10،000 އަށް ވުރެ ގިނަ ސިފައިން ޕޮލެންޑްގައި ހަރަކާތްތެރިކޮށްފައިވާ ކަމަށް ވާރސޯގައި ހުންނަވާ އެމެރިކާގެ ސަފީރު މާކް ބްރެޒިންސްކީ ވިދާޅުވެއްޖެއެވެ.

'މިވަގުތު މުޅި ޕޮލެންޑްގައި 10،000 އަށް ވުރެ ގިނަ އެމެރިކާ ސިފައިން އެބަތިބި، އެމީހުން ޕޮލިޝް ސިފައިންނާ އެކު ތަމްރީނުކޮށް ތަމްރީނުތަކުގައި ބައިވެރިވަނީ،' މާކް ބްރެޒިންސްކީ ވިދާޅުވި އެވެ.

އެމެރިކާއިން ފޯރުކޮށްދޭ އެބްރަމްސް ޓެންކްތަކާއި އެފް-16 ފަޔަރ ޖެޓްތަކާއި ހިމާސް ޔުނިޓްތަކަކީ ޕޮލެންޑްގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވަރަަށް މުހިއްމު ތަކެތި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕޮލެންޑްގައި އޮތް އަސްކަރީ ބާރު ދެގުނައަށް އިތުރުކުރިއެވެ. 2023 ވަނަ އަހަރުގެ މާޗް މަހު ޕޮލިޝް ޑިފެންސް މިނިސްޓްރީން ވަނީ އެމެރިކާ ސިފައިންގެ ފުރަތަމަ ދާއިމީ ގާރިސަން ބާއްވާނެކަން އިއުލާންކޮށްފައެވެ.