ބޭނުންވާ ތަކެތި

  • 3 ޖޯޑު ހަނޑޫ
  • 1 ޖޯޑު މުގު

ތައްޔާރު ކުރާނެގޮތް:

ހަނޑުލާއި މުގު އެއްކޮށް ފެނު އަޅާފައި އެއްރޭވަންދެން ބަހައްޓާށެވެ. ދެން ދެބައި އެއްކޮށް ހިމުން ހިމުން ކޮށް ފުނޑާލާފައި އެއްކޮށްފައި 24 ގަޑިއިރުވަންދެން މަތި ބަންދުކޮށްފައި ބަހައްޓާށެވެ. އެއަށްފަހު ތަވާޔަށް ސަމުސަލުން އަޅާލެވޭ ވަރަށް އޮލަމިން ހުންނަ ވަރަށް ފެންފޮދެއް އަޅާފައި ރަނގަޅަށް ގިރާލާށެވެ.

ދެން ތަވާ އުދާލުމަށްފަހު ދޮން ކޮށްގެން ކުޑަ ތެޔޮ ފޮދެއް ހާކާފައި ޓިޝޫއަކުން ފޮހެލާށެވެ. ނުވަތަ ފެންފޮދެއް ބުރުވާފައި ފޮހެލާށެވެ. އެއަށްފަހު އެތެރެފުން ވަށް ސަމުސަލަކުން ތަވާގެ މެދަށް ފުށްކޮޅެއް އަޅާފައި ސަމުސަލުގެ ފުލުން ފުށްކޮޅުގެ މެދުން ފަށައިގެން ހާކާމުންތުނިކޮށްލާށެވެ. އެއްފުށަށް މަޑު މުށިކުލަ އަރާ ވަރަށް ފިހެލާށެވެ.

މި ދޯސާވެސް ތަފާތު ގޮތްގޮތްގޮތަށް ތައްޔާރު ކުރެއެވެ.