އިޒްރޭލުން މަސައްކަތް ކުރަނީ ފަލަސްތީނުގެ މީހުން ނައްތާލަން ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު ހުސެން އަމީރު އަބްދުއްލާހައިއަން ވިދާަޅުވެއްޖެއެވެ.

ހުސެން މިހެން ވިދާޅުވީ އިރާނުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލް ޓެލެގްރާމު ޗެނަލުގައި ލިޔުއްވި ލުޔުމެއްގައެވެ. އޭނާ ވިދާޅުވީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުން އިޒްރޭލުންގެ ނިޔަތް ވަރަށް ސާފު ވާ ކަމަށެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ރަސްމީ ޓެލެގްރާމް ޗެނަލަށް އަޕްލޯޑް ކުރެއްވި މެސެޖުގައި އަބްދުالله ހިޔާން ފާހަގަކުރެއްވި ގޮތުގައި އިޒްރާއީލުން، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވައި، ފުރިހަމަ ބްލޮކޭޑެއް ގާއިމްކޮށްގެން، ގަސްތުކުރަނީ 'ފަލަސްތީނުންގެ ދިރިއުޅުމާއި އައިޑެންޓިޓީގެ ހުރިހާ ނިޝާންތަކެއް ފޮހެލައި' ޣައްޒާގ އާއި ވެސްޓެ ބޭންކްގެ ރައްޔިތުން އަވަށްޓެރި ގައުމުތަކަށް ގަދަކަމުން ފޮނުވާލުމަށެވެ.

މީގެއިތުރުން އިރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ މުސްލިމުންގެ މާތް ރަމަޟާން މަހު ފަލަސްތީނުންނާ ދެކޮޅަށް އިސްރާއީލުން އެއްވެސް އުދުވާނީ އަމަލެއް ނުހިނގުމަށް ފައިދާހުރި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންގައި މަރުވި މީހުންގެ އަދަދު 31,184 އަށް އަރައިފި އެވެ. ޖުމްލަ 72,889 މީހުން ޒަޚަމްވެފައިވެއެވެ.